އަރިއާނާ ޝޯގެތެރެއިން ދިން ބޮމުގެ ހަމަލާގަ މަރުވި މީހުންގެ އަދަދު 22 އަށް، ޒަޚަމްވި މީހުންގެ އަދަދު 59އަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އަރިއާނާ ޝޯގެތެރެއިން ދިން ބޮމުގެ ހަމަލާގަ މަރުވި މީހުންގެ އަދަދު 22 އަށް، ޒަޚަމްވި މީހުންގެ އަދަދު 59އަށް
އިނގިރޭސި ވިލާތުގެ މެންޗެސްޓަރގައި އެމެރިކާގެ ލަވަކިޔުންތެރިޔާ އަރިއާނާ ޝޯއެއް ދެމުން ދަނިކޮށް ބޮމެއް ގޮއްވައިލި ހާދިސާގައި މަރުވި މީހުންގެ އަދަދު 22 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 59 އަށް އަރައިފިއެވެ.

މިއީ ޤަޞްދުގައި ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށް ސަލާމަތީ ބާރުތަކުން ބުނި ނަމަވެސް އެކަން އަދި ވަނީ ކަށަވަރުނުކުރެވިއެވެ.

ބޮޑުވަޒީރު މޭ ބުނީ މިއީ ޓެރަރިސްޓް ހަމަލާއަކަށް ވެއްޖެ ނަމަ މިހާދިސާ ވެގެންދާނީ މިފަދަ ހަމަލާއެއްގައި އެންމެ ގިނަ ބައަކު މަރުވީ ހާދިސާއަށް ކަމަށެވެ.

ބޮން ގޮވިއިރު އެތަނުގައި ތިބި މީހުންގެ އަދަދު ޔަޤީންނުކުރެވުނު ނަމަވެސް 21،000 މީހުންނަށް ވަދެވޭ އެރީނާ ފުރުމާއި ގާތަށް މީހުން ތިބިކަމަށާއި އެއިގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ ކޮން ބަަކު ކޮން މަޤްޞަދެއްގައި ދިން ހަަމލާއެއްކަން އަދި ވަނީ ޔަޤީން ނުކުރެވިފައެވެ. ރޭގައި ގޮއްވާލި ބޮމަކީ ބާރުގަދަ ބޮމެއް ކަމަށް ވަނީ ބެލެވިފައެވެ.

ތުރުކީގައި ދާދިފަހުން ބޭއްވި 2 ކޮންސަޓަކަށްވެސް ވަނީ ހަމަލާދީފައެވެ. ނަމަވެސް އެ ދެ ހަމަލާވެސް ދީފައިވަނީ ގޭގައި އުފައްދާ އާދައިގެ އަތުބޮމުންނެވެ.

މިއަދު އޮންލައިން