ދުބާއީ އެއާޕޯޓުން އިނގިރޭސިވިލާތުގެ ހީތްރޯ އެއަރޕޯޓަށް ފުރަން ތައްޔާރުވެފައި އޮތް ވަރޖިން އެޓްލާންޓިކާގެ ފްލައިޓަކުން ކުއްލި ހާލަތުގައި ފަސިންޖަރުން ބާލައި ފްލައިޓް ހުސްކޮށްފިއެވެ.
މިކަން ކުރަންޖެހުނު ވަކި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެއާލައިނުން ބުނީ ބިރުވެރިކަމެއްގެ ތެރެއިން ދަތުރު ނުކުރާނެ ކަމަށާއި މަސައްކަތްކުރަމުން އަންނަނީ ވީހާއަވަހަކަށް ފުރުމަށް ކަމަށެވެ.
ފަސިންޖަރަކު ބުނީ އޭނާއަށް ލިބުނު ހެޑްޯން ސެޓު އެޅިތަނާ "ބޮންތްރެޓް"އެއްގެ އަޑު އިވުނު ކަމަށެވެ. ފްލައިޓަށް ހެޑްފޯނުތައް އަރަވާފައިވަނީ އިނގިރޭސިވިލާތުންނެވެ.
ކުއްތާ އާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މިހާރު ދަނީ ފްލައިޓް ޗެކްކުރަމުންނެވެ.