އަނިޔާވެރި ސޫކީީ އދގެ ރިޕޯޓަށް ޖަވާބުދާރީއެއް ނުވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އަނިޔާވެރި ސޫކީީ އދގެ ރިޕޯޓަށް ޖަވާބުދާރީއެއް ނުވި!
މިޔަންމާގައި ބިކަހާލުގައި ތިބި 2.2 މިލިއަން ކުޑަކުދިންނާއި އަދި ރޮހިންޔާ ދަރިކޮޅުގެ 1 މިލިއަން މުސްލިމުންނާއިބެހޭ ގޮތުން އދ އިން ނެރުނު ރިޕޯޓަށް މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރިވުމުގައި ހައްދުފަހަނައަޅާފައިވާ ސޫކީ ދެކޮޅު ހަދައި ރިޕޯޓަށް ފިލައިފިއެވެ.

އެރިޕޯޓުގައިވާގޮތުން މިޔަންމާގައި 2.2 މިލިއަން ކުޑަކުދިންނާއި ރޮހިންޔާ ދަރިކޮޅުގެ 1 މިލިއަން މުސްލިމުން ތިބީ ވަރަށް ނިކަމެތި ހާލަތުގައެވެ.

އދ އިން ބުނީ މިހައި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ނިކަމެތިކަން ލިބިފައިވަނީ އަނިޔާވެރި ސޫކީގެ އިތުރުން ކުރީގައި ވެރިކަން ކުރި އަސްކަރީ ވެރިންގެ ވެރިކަމުގައި ގިނަ އަދަދެއްގެ ބޮޑެތި މީހުން މަރާފައިވާތީ ކަމަށެވެ.

އދ އިން ބުނެފައިވަނީ ހާލުގައި ޖެހިފައިވާ ކުދިން ތިބީ ޤައުމުގެ އެކި ސަރަހައްދުތަކަށް ވިއްސިިވިހާލިވެފައިވާ ކަމަށާއި އެކުދިންނާއި އަޅައިލާނެ ބައަކު ނެތް ކަމަށެވެ. އެހެންކަމުން އެކުދިންނަށް އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ.

މި ރިޕޯޓްގައިވާ ގޮތުން ރޮހިންޔާ މުސްލިމުންގެ 1 މިލިއަނަށްވުރެ ގިނަ މުސްލިމުން މިޔަންމާގައި ދިރިއުޅެމުންދަނީ އިންސާނުން ދިރިއުޅޭނެ އެންމެ ނިކަމެތި ހާލަތުގައެވެ. 75،000 ރޮހިންޔާ މުސްލިމުން ވަނީ ޤައުމުތަކުގެ ބޯޑަރުތަކަށް ހިޖުރަކޮށްފައެވެ.

މިއަދު އޮންލައިން