މެންޗެސްޓަރގަ ބޮން ގޮއްވުމުގެ ޒިންމާ އައިއެސް އިން ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
މެންޗެސްޓަރގަ ބޮން ގޮއްވުމުގެ ޒިންމާ އައިއެސް އިން ނަގައިފި
އިނގިރޭސިވިލާތުގެ މެންޗެސްޓަރގަ ރޭ ބޮންގޮއްވައި 22 މީހުން މަރާފައިވާ ހާދިސާގެ ޒިންމާ އައިއެސްއިން ނަގައިފިއެވެ. އަދި އެއީ ދީނީ ކަމެއްގެ ގޮތުގައި ވެސް އައިއެސް އިން ބުނީ ބުނެފައެވެ.

އައިއެސް އިން ބުނެފައިވަނީ އެއްވެފައި ތިބި މީހުންގެ މެދަށް ވަނުމަށްފަހު ބޮން ގޮއްވައިލީ ކަމަށާއި ހަމަލާގައި 30 ކާފަރުން މަރުވެ 79 ކާފަރުން ޒަޚަމްވި ކަމަށެވެ. މިއީ އިނގިރޭސި ފުލުހުން އަދަދުތަކަށްވުރެ ގިނަ އަދަދުތަކެކެވެ.

ހަމަލާދިން މީހާއަށް ވީގޮތެއް އައިއެސް އިން ބުނެފައެއް ނުވެއެވެ. އިނގިރޭސި ފުލުހުން ބުނެފއިވަނީ ޤަބޫލުކުރެވެނީ ހަމަލާދިން މީހާ މަރުވެފައިވާ ކަމަށް ކަމަށެވެ.
މިއަދު އޮންލައިން