މެދުއިރުމައްޗަށް ގޮސްގެން އުޅޭ އެމެރިކާގެ ރައީސް ޓްރަމްޕް ޕަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އާއި ބައްދަލުކުރުމަށްފަހު މިއަދު ބުނީ ޔަހޫދީން ހިމާޔަތްކުރުމަކީ އެމެރިކާއަށް ކުރަންޖެހޭ ކަމެއް ކަމަށާއި މެދުއިރުމަތީގެ ޞުލްހައަށްޓަކައި ކުރެވެންހުރި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
މިމޭރުމުން ޓްރަމްޕް ބުނުމުން ފަލަސްޠީނުގެ މައްސަލައިގައި އެމެރިކާއިން އަމަލުކުރާނެ ގޮތް އެއޮތީ ވަރަށް ސާފުކޮށް އެނގިފައެވެ.
ޓްރަމްޕް މަޙްމޫދު އައްބާސްގެ އަރިހުން ވަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކޮށްދެއްވުމަށް އެދިފައެވެ. އެހެންކަމުން ޓެރަރިޒަމް އެމެރިކާއިން މާނަކުރާ ގޮތް މިވަނީ އިތުރަށް ޔަޤީން ކުރެވިފައެވެ.
ޣާޒާ އާއި އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކުގެ ސަރަހައްދުތަކުގައި ފަލަސްޠީނުގެ ގިނަ ބައަކު ގެންދަނީ ޓްރަމްޕާއި ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.