އޮސްޓްރޭލިއާގެ ޓަސްމޭނިއާގެ ހައިވޭގައި ދުއްވަމުންދިއަ ޓެކްސީ އެއްގައި އަންހެން ކުއްޖަކު ހޮޑުލާން އުޅޭހެން ހީވެގެން ކާރަށް ހޮޑުލައިފިނަމަ ސާފުކުރުމުގެ އަގުދޭންޖެހޭނެ ކަމަށް ބުނުމުން އަންހެންކުއްޖާ އާއި ފިރިހެން ކުއްޖަކު ޑްރައިވަރަށް ހަމަލާދީ ބޮޑެތި އަނިޔާތައް ކޮށްފިއެވެ.
ހޮސްޕިޓަލުގައި އޮވެގެން ޑްރައިވަރު ބުނީ އޭނާ ފަސިންޖަރުން ކައިރީގައި އެގޮތަށް ބުނީ ހޮޑުލާން އުޅޭހެން ހީވެގެން ހޮޑުލާން ކާރުން ފޭބުމަށް އެދުމުން އެކަމަށް ދެކޮޅު ހެދުމުން ކަމަށެވެ.
ޓަސްމާނިއާގައި ކިޔަވަމުން އަންނަ އިންޑިއާގެ ދަރިވަރު ސިންހް ޑްރައިވަރުކަން ކުރަނީ ކިޔަވާނެ ފައިސާ ހޯދުމަށެވެ. ދަރިވަރު ބުނީ އޭނާއަށް އަނިޔާކުރަމުން އެމީހުން ބުނަމުން ދިއައީ "ކަލެއަކީ އިންޑިއާ މީހެއް. ކަލެއަށް އެންމެ ހައްޤީ މިފަދަ ގުއްޓުތައް." ކަމަށެވެ.
ފުލުހުން ވަނީ އަނިޔާކުރި ދެ މީހުން ހޯދައި ހައްޔަރުކޮށްފައެވެ.