އިންޑިއަން އެއާފޯސްގެ ބޯޓެއް ޗައިނާ ބޯޑަރު ކައިރިން ގެއްލިއްޖެއެވެ.
މިއަދު ފަތިހު ގެއްލިފައިވާ ސްކޮއި 30 ހޯދަން މިއަދު ކުރި މަސައްކަތުން އަދި މިހައިތަނަށް ބޯޓުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ބޯޓު ވެއްޓުނުކަމަށްވާނަމަ ވެއްޓުނީ ހިމާޗަލް ޕްރަދޭޝްގެ ސަރަހައްދަކަށް ކަމަށް ބެލެވެއެވެ. ބޯޓުގެ މައުލޫމާތު ލިބުން ހުއްޓިފައިވަނީ ޗައިނާ ބޯޑަރުކައިރިން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ތަފާތު އޮޕަރޭޝަންތަކުގައި އިންޑިއަން އެއާފޯސްގެ 7 ބޯޓެއް ވަނީ ގެއްލިފައެވެ.