ބީއެމްއެލް އާއި އެފްއޭއެމް އާދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ބީއެމްއެލް އާއި އެފްއޭއެމް އާދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ބީއެމްއެލް އާއި އެފްއޭއެމް އާދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ ދިވެހި ޤައުމީ ފުޓްބޯޅަ އަންހެން އަދި ފިރިހެން ޓީމާއި ޒުވާން ފުޓްބޯޅަ ޓީމުގެ އޮފިޝަލް ސްޕޮންސަރކަމުގެ އެއްބަސްވުމެވެ.

މި ފަހުމުނާމާގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ އެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ޗަމްޕާ ސެންޓްރަލްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވެފައިވާ މި ފަހުމުނާގެ ދަށުން ދިވެހި ޤައުމީ އަންހެން، ފިރިހެން އަދި ޒުވާން ފުޓްބޯޅަ ޓީމުގެ ޖާރޒީ އާއި ފަރިތަކުރުންތަކުގައި ބޭނުންކުރާ ޖާރޒީ އާއި ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ސާމާނު ބީއެމްއެލް އިން ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޤައުމުން ބޭރުގައި ކުޅޭ މެޗުތަކަށްދާ ކުޅުންތެރިންނަށް ޑޮލަރުން ޕްރީޕެއިޑް ކާޑުދިނުމަށްވެސް ބަނީ ނިންމާފައެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދިވެހި ޤައުމީ ޓީމުގެ ޖާރޒީތައް ވަނީ ދައްކާލާފައެވެ.

ބީއެމްއެލް އަކީ ކުޅިވަރުގެ އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ.



މިއަދު އޮންލައިން