ދުނޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލަކަށް އިތިއޯޕިއާގެ ހެލްތް މިނިސްޓަރު ޓެޑްރިސް އަދަނޮމް އިންތިޚާބުކޮށްފިއެވެ. މިއީ އެފްރިކާގެ ޤައުމަކަށް މި ޝަރަފް ލިބުނު ފުރަތަމަ ފަހަރެވެ.
އެނާ މަޤާމާއި ހަވާލުވާނީ މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. ހެލްތް މިނިސްޓަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ޑރ. ޓެޑްރިސް ވަނީ ޚާރިޖީ ވަޒީރުކަން ވެސް ކުރައްވާފައެވެ. އެހެންކަމުން އޭނާއަކީ ގިނަ ޤައުމުތަކެއް ވަރަށް ގާތުން ދަންނަ ރަޙްމަތްތެރިއެކެވެ.
މީގެ އިތުރުން ޑރ. ޓެޑްރިސް ވަނީ އެއިޑްސް އާއި ދެކޮޅަށް "ހަނގުރާމަކުރުމަށް" އުފެއްދި ގްލޯބަލް ފަންޑުގެ ޗެއަރކަންވެސް ކުރައްވައިފައެވެ.
މީގެ އިތުރުން ނުރައްކާތެރި ގިނަ ބަލިތަކާއި ދެކޮޅަށް ކުރެވުނު ގިނަ މަސައްކަތްތަކެއްގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.
2007 ވަނަ އަހަރުން ފެށިގެން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްކަން ކުރައްވަމުން ގެންދަވަނީ ޑރ. މާގްރެޓް ޗާން އެވެ.