އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީގައި އެމެރިކާ މީހަކު ލަވަކިޔަން ބޭއްވި ކޮންސަރޓް ކުރިއަށް ގެންދަނިކޮށް ޖާނުން ފިދާވެގެން ބޮމެއް ގޮއްވައިލީ މިސްކިތެއްގެ އިމާމެއްގެ ދަރިއެއް ކަމަށް ފުލުހުން ބުނެފިއެވެ.
އިނގިރޭސި ފުލުހުން ބުނީ އެކަންކުރީ އުމުރުން 22 އަހަރުގެ ސަލްމާން ޢާބިދީ ކަމަށާއި އޭނާއަކީ ލީބިޔާ ނަސްލުގެ މީހެއް ކަމަށެވެ. އަދި އޭނާގެ ބައްޕައަކީ މިސްކިތެއްގައި ބަންގި ގޮވާ އިމާމެއް ކަމަށެވެ.
ފުލުހުން ބުނީ އޭނާއަކީ ޔުނިވަރސިޓީގައި ބިޒްބަސް ދާއިރާއިން ކިޔެވި ކުއްޖެއް ކަމަށާއި އިމްތިޙާނުން ފެއިލްވުމުން ހަރުކަށި މީހުންނާއި ގުޅުނީ ކަމަށެވެ.
މި މައްސަލައިގައި 23 އަހަރުގެ ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ.