ރަމަޟާންމަހު މަގުމަތީގައި ނަމަވެސް އަދި އެހެން ތަނެއްގައި ނަމަވެސް ސަލާންޖަހަން އުޅެނިކޮށްފެނިއްޖެނަމަ ވަގުތުން ޤައުމުން ފޮނުވާލާނެ ކަމަށް އަބޫދާބީގެ ފުލުހުން ބުނެފިއެވެ.
ސަލާންޖަހަން މީހަކު ގެއަކަށް ދިއަ ނަމަވެސް ވަގުތުން ފުލުހުންނަށް ރިޕޯޓް ކުރުމަށްވެސް ވަނީ އަންގައިފައެވެ.
ފުލުހުން ބުނީ އަބޫދާބީގެ އެއްވެސް ރައްޔިތަކަށް ސަލާންޖަހަން ނުޖެހޭނެ ކަމަށާއި ސަލާންޖަހަނީ ސަލާންޖަހައިގެން އާމްދަނީ ހޯދަން އެހެން ޤައުމުތަކުން އަންނަ މީހުން ކަމަށެވެ. އެފަދަ މީހުންނަކީ ހާލުގައި ތިބި ބައެއް ނަމަ ބޭނުންވާ ވަރަށް ތަކެތި މަދަނީ ޖަމާއަތްތަކުން ހިލޭ ބަހާނެ ކަމަށެވެ.
އަބޫދާބީގެ ޗެރިޓީ ފަންޑުތަކުން މިދިއަ އަހަރު ބެހި ޞަދަޤާތް ގެންދާނެ މީހަކު ނުވެގެން ވަނީ އިތުރުވެފައެވެ.