ފިރިމީހާ އަނިޔާކުރާކަމަށް ބުނާ އިންޑިއާ އަންހެނަކަށް އެނބުރި ޤައުމަށް ދިއުމުގެ ހުއްދަ ޕާކިސްތާން ހައިކޯޓުން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ފިރިމީހާ އަނިޔާކުރާކަމަށް ބުނާ އިންޑިއާ އަންހެނަކަށް އެނބުރި ޤައުމަށް ދިއުމުގެ ހުއްދަ ޕާކިސްތާން ހައިކޯޓުން ދީފި
ފިރިމީހާ އަނިޔާކުރާކަމަށް ބުނެ ޕާކިސްތާނުގައި ހުންނަ ހައިކޮމިޝަނުން ހިމާޔަތްހޯދި އިންޑިއާ އަންހެނަކަށް އެނބުރި ޤައުމަށް ދިއުމުގެ ހުއްދަ ޕާކިސްތާނު ހައިކޯޓުން ދީފިއެވެ.

އަންހެން މީހާ ބުނީ އޭނާގެ ފިރިމީހާއަކީ އަނިޔާވެރިއެއް ކަމަށާއި ކޮންމެ ކަމަކާއި ގުޅިގެންވެސް ކުރަނީ އަނިޔާ ކަމަށެވެ. މިފަދަ ޝަކުވާތަކާއިއެކު އޭނާ ހައިކޮމިޝަނުގެ ހިމާޔަތް ހޯދީ މިދިއަ ހަފްތާގައެވެ. ހައިކޮމިޝަނަށް ވަނުމަށްފަހު އޭނާ ބުނީ އެތަނުން އޭނާ ނުކުމެއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

ކޯޓުގައި އޭނާ ބުނީ ޕާކިސްތާނު ފިރިމީހާ އޭނާ އާއި ކައިވެނިކުރީވެސް އޭނާގެ ނުޤަބޫލުގައި ކަމަށާއި އޭނާގެ މައިންބަފައިން "ރުއްސައިގެން" ކަމަށެވެ.

މައްސަލަތައް ބެލުމަށްފަހު ހައިކޯޓުން ވަނީ އޭނާއަށް އެނބުރި ޤައުމަށް ދިއުމުގެ ހުއްދަ ދީފައެވެ. ނަމަވެސް ކައިވެންޏާއިމެދު ވަކިގޮތެއް ކޯޓަކުން ނުނިންމައެވެ.
މިއަދު އޮންލައިން