ޝައިޚް މުޙައްމަދު ބިން ރާޝިދު ރަމަޟާން މަހަށް 1014 ކުށްވެރިންނަށް މަޢާފް ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޝައިޚް މުޙައްމަދު ބިން ރާޝިދު ރަމަޟާން މަހަށް 1014 ކުށްވެރިންނަށް މަޢާފް ދެއްވައިފި
ދުބާއީގެ ރޫލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްތޫމް ރަމަޟާން މަހަށް ޚާއްޞަ ކަމެއްގެ ގޮތުން 1014 ކުށްވެރިންނަށް މަޢާފް ދެއްވައިފިއެވެ.

ދައުލަތުގެ ބަންޑާރަ ނައިބް ވިދާޅުވީ މިނިވަންކުރެއްވި މީހުންނަކީ އާދައިގެ ކުށްތައް ކޮށްފައިވާ މީހުން ކަމަށާއި އަދި މިހާރު އެމީހުން ތިބީ "ތައުބާވެގެން" ކަމަށް ޤަބޫލުކުރެވޭ މީހުން ކަމަށެވެ.

ބަންޑަރަނައިބުގެ އޮފީހުން އާއިލާތަކަށް އަންގާފައިވަނީ މިނިވަންވާ މީހުން މާޔޫސްނުކޮށް އެމީހުންނަކީވެސް ޢާއިލާގެ މީހުން ކަމަށް ބަލައިގެން އެމީހުންނަށް އެހީތެރިވުމަށެވެ. އަދި އެމީހުންނަކީ އަޅުވެރި، އަދި ދިރިއުޅެން މަސައްކަތްކުރާ ބައަކަށް ހެދުމަށެވެ.

މަޢާފްދެއްވި ކުށްވެރިންގެތެރޭގައި ބޭރު ޤައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.
މިއަދު އޮންލައިން