ހުނަރުވެރި ކުޑަކުދިން ހޮވަން އެމެރިކާގެ ކުންފުންޏަކުން ދުބާއީގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވަން ދިއަ އުމުރުން 14 އަހަރުގެ މުސްލިމް އަންހެންޖަކަށް ފަނޑިޔާރަކު އަނިޔާކޮށްފިއެވެ.
ދުބާއީގެ ރައްޔިތަކަށްެވެފައިވާ ޕާކިސްތާނުގެ އަންހެނެއް ކަމަށްވާ ނާދިއާ ޚާން ބުނީ އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު އެ ޝޯއަށް ގެންދިއައީ ޓީވީ ޕްރެޒެންޓަރެއްގެ ހުނަރު އޭނާގެ ދަރިފުޅުގެ ކިބައިގައި މިހާރުވެސް ހުރުމުން އެ ހުނަރު އިތުރަށް ކުރިއަރުވަން ފުރުޞަތު ހޯދައިދިނުމަށް ކަމަށެވެ.
ދުބާއީގައި ޓީވީ ޕްރެޒެންޓަރެއްގެ ގޮތުން މިހާރުވެސް މަޝްހޫރުކަން ލިބިފައިވާ ނާދިއާ ބުނީ އޭނާގެ ދަރިފުޅުގެ ފުރުޞަތު ޖެހުމުން އެތަނުގައި އިން ފަނޑިޔާރަކަށް ބާރު އަރައިގަނެގެން އޭނާގެ ދަރިފުޅުގެ ގައިގައި ދެއަތާއިއެކު ހިފީނުން ދެއަތް ރަތްކޮށްލާފައިވާ ކަމަށެވެ. އަދި އަނިޔާވި ކަމުގެ ފާހަގަތައްވެސް ހުރި ކަމަށެވެ.
ނާދިއާ ފުލުހުންނަށް ގުޅައި އެތަނަށް ގެނެސް މައްސަލަ ހުށަހެޅުމުން ފުލުހުން ވަނީ ކުއްޖާ ޑޮކްޓަރަށް ގެންގޮސް މެޑިކަލް ރިPޯޓް ހޯދާފައެވެ. ނާދިއާ މިހާރު ވަނީ އެކަމަށް އެކަށީގެންވާ އަގެއް ހޯދަން އިވެންޓް އިންތިޒާމުކުރި އެމެރިކާ ކުންފުނީގެ ސީއީއޯ އާއި ދައުވާ ކޮށްފައެވެ.