ސީރިޔާގަ ވައިގެ ހަމަލާތަކެއް ދީ 35 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ސީރިޔާގަ ވައިގެ ހަމަލާތަކެއް ދީ 35 މީހުން މަރާލައިފި
ސީރިޔާގައި އިއްޔެ ދިން ވައިގެ ހަމަލާތަކެއްގއި 35 ޢާންމު ރައްޔިތުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރެއިން ބައެއް މީހުންނަކީ އައިއެސްގެ ހަނގުރާމަވެރިންގެ ޢާއިލާތަކުގެ މީހުންނެވެ.

މަންޒަރު ފެނުނު ބައެއް މީހުން ބުނީ 2 މަތިންދުއްވާ ބޯޓު އައިސް އެސަރަހައްދު ރަނަގަޅަށް ބެލުމަށްފަހު ކުއްލިއަކަށް އައިސް 4 ބުރިއަށް ހުރި 2 އިމާރާތަކަށް މިސައިލްތަކެއް ފޮނުވައިލީ ކަމަށެވެ.

ކުރީ 2 ދުވަހު ވެސް އެމެރިކާ ކޯލިޝަނުން ވަނީ މިފަދަ ހަމަލާތަކެއް ދީ 50 މީހުން މަރައިފައެވެ. އެމެރިކާއިން ބުނީ ދެމުން ގެންދާ ހަމަލާތަކުގެ ނަތީޖާ ރަނގަޅު ގޮތުގައި ފެންނަމުން އަންނަ ކަމަށެވެ.

ސީރިޔާގައި ހަނގުރާމަކުރާ އައިއެސްގެ ހަނގުރާމަވެރިންނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެމީހުން މިހާރު އަންނަނީ ވަރަށް ބޮޑަށް ބަލިކަށިވަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަދު އޮންލައިން