މިސުރުގެ ވެރިރަށް ޤާހިރާގެ ދެކުނު ސަރަހައްދުގައި ބަޑިން ހަމަލާދީ 23 ކްރިސްޓިއަނުން މަރާލައި އިތުރު 25 ކްރިސްޓިއަނުން ޒަޚަމްކޮށްލައިފިއެވެ.
މިއަދު ހެނދުނު ބަޑިން ހަމަލާދިނީ އެ މީހުން 2 ބަހެއްގައި ދީނީ އަޅުކަމަކަށް ދަތުރުކުރަމުން ދަނިކޮށެވެ.
މިޞުރުގެ އާބާދީއަށް ބަލާއިރު 10 އިންސައްތައަކީ ކްރިސްޓިއަނުންނެވެ. އެއީ ގާތްގަނޑަކަށް 92 މިލިއަން މީހުންނެވެ. ފަހަކަށް އައިސް ކްރިސްޓިއަނުންނަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.
މިއަދުގެ ހަމަލާ އާއިބެހޭ އިތުރު ތަފްޞީލެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ކުރިން ދީފައިވާ ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އައިއެސްއިންނެވެ.