ބިންގަނޑުކަނޑައިގެން ދިއުމާ ވިއްސާރައިގެ ސަބަބުން ލަންކާގަ މަރުވި މީހުންގެ އަދަދު 55 އަށް އަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ބިންގަނޑުކަނޑައިގެން ދިއުމާ ވިއްސާރައިގެ ސަބަބުން ލަންކާގަ މަރުވި މީހުންގެ އަދަދު 55 އަށް އަރައިފި
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުންނާއި އެހެނިހެން ސަބަބުތަކާއިހުރެ މިއަދު މަރުވިމީހުންގެ އަދަދު 55 އަށް އަރައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކަލުތަރައިގައި އެކަނިވެސް 38 މީހުން ވަީ މަރުވެފައެވެ. ރަތުނަޕުރަ ޑިސްޓްރިކްޓްގައި 42 މީހުން ގެއްލިފައިވާއިރު 2 މީހަކަށް ވަނީ އަނިޔާވެފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިހާރުވެސް 8000 އަށް އަރާ ކަމަށެވެ. 15 އަވަށަކުން މީހުން ހުސްކުރަންޖެހޭތީ އެ އެވަށްތަކުގެ މީހުން ސަލާމަތް ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.

ސްރީލަންކާގައި ދިވެހިން ޢާންމުކޮށް ދިރިއުޅޭ ސަރަހައްދުތައް އަދި ވަނީ ސަލާމަތުންނެވެ. މިދިއަ އަހަރުވެސް މޫސުމީ ވިއްސާރައިގައި އެތައް ހާސް ބައަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
މިއަދު އޮންލައިން