ސައުދީން ސީރިޔާގެ ރައްޔިތުންގެ ރޯދަވީއްލަން 3 މިލިއަން ރިޔާލައިގެ ތަކެތި ހަދިޔާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ސައުދީން ސީރިޔާގެ ރައްޔިތުންގެ ރޯދަވީއްލަން 3 މިލިއަން ރިޔާލައިގެ ތަކެތި ހަދިޔާކޮށްފި
ސައުދިއަރަބިޔާއިން ޙާލުގައި ޖެހިފައިވާ ސީރިޔާގެ ރައްޔިތުންގެ ރޯދަވީއްލުމަށްޓަކައި 3 މިލިއަން ރިޔާލައިގެ ތަކެތި ހަދިޔާކޮށްފިއެވެ.

ސީރިޔާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިއުނަމަށްޓަކައި ސައުދިއަރަބިޔާގައި ހިންގާ ޤައުމީ ކެންޕޭނުން ބުނީ މި އެހީއަކީ 300،000 މީހުންގެ ރޯދަވީއްލުމެއް ކަމަށާއި އަދިވެސް އިތުރު އެހީތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެންމެ ރަނގަޅު ފެންވަރުގެ ކާބޯތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕާރުސަލް ބަހާނީ ފޭލިގެތަކުގައާއި ވިއްސިވިހާލިވެފައިތިބި ސީރިޔާގެ ރައްޔިތުންނަށެވެ.

ސައުދިއަރަބިޔާއިން ގެންދަނީ ކޮންމެ އަހަރަކުވެސް މިފަދަ އެހީތައް ހާލުގައި ޖެހިފައި ތިބޭ މުސްލިމުންނަށް ބަހަމުންެވެ.
މިއަދު އޮންލައިން