ޓީއެފްޖީ ޓްރިޕްލް ޓޫ ކޭ ޗެލެންޖު މިރޭ ފަށަނީ...

ކިޔުމަށް ހޭދަވާނީ 1މ 13ސ
ޓީއެފްޖީ ޓްރިޕްލް ޓޫ ކޭ ޗެލެންޖު މިރޭ ފަށަނީ...
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގެ ފަރާތުން މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ ޓްރިޕްލް ކޭ ޗެލެންޖު (222K Challenge) މިރޭ ފެށުމަށް ނިންމައިފިއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް ޓީއެފްޖީ އިން މިއަހަރުގެ ޗެލެންޖަކީ ޓީމު އިވެންޓެއްގެ ގޮތުގައި ރާވާފައިވާ ޗެލެންޖެކެވެ. އެގޮތުން ކޮންމެ ގްރޫޕެއް ނުވަތަ ކޮންމެ ޓީމެއްގައިވެސް 5 ބައިވެރިން ތިބޭ އިރު، މި ބައިވެރިން ޗެލެންޖު ފުރިހަމަކުރާނީ ކޮންމެ ޓީމަކަށްވެސް ޚާއްޞަކޮށްފައިވާ ޓްރެއިނަރއެއްގެ އިރުޝާދުގެ ދަށުން ކަނޑައެޅޭ ވަގުތުތަކެއްގައެވެ.

މި ޗެލެންޖަކީ ހަމައެކަނި ޓީއެފްޖީގެ މެމްބަރުންނަށް ހުޅުވާލި ޗެލެންޖެކެވެ. އަދި މި ޗެލެންޖު ފުރިހަމަކުރަންޖެހެނީ މުޅި ރަމަޟާންމަހަށް ބަހާލައިގެންނެވެ.

މިއަހަރުގެ ޗެލެންޖުގައި 38 ބައިވެރިން ބައިވެރިވާ އިރު، މި ބައިވެރިންނަށް އިރުޝާދު ދިނުމަށް 8 ޓްރެއިނަރުން ހަރަކާތްތެރިވާނެއެވެ.

ޓީއެފްޖީ އިން ފައިބެއަހަރު ބާއްވާފައިވަނީ ޓްރިޕްލް ވަން (111K Challenge) އެވެ. އެ އަހަރުގެ ޗެލެންޖުގައިވެސް ގިނަ ބަޔަކު ވަނީ ބައިވެރިވެ، ޗެލެންޖު ފުރިހަމަކޮށްފައެވެ.

ދުޅަހެޔޮ ސިއްޙަތެއްގައި މީހުން ބޭތިއްބުމަށް އުފައްދާފައުވާ ޓޯޓަލް ފިޓްނެސް ގްރޫޕުން އަންނަނީ ކަސްރަތާއި ދުވުމާއި ގުޅުންހުރި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އެގޮތުން ޖިމް އާއި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ލޯންގރަން ފާހަގަ ކޮށްލެވެއެވެ.

މިއަދު އޮންލައިން