ލަންކާއަށް ކުރަމުންދާ ވިއްސާރައިގަ މަރުވިމީހުންގެ އަދަދު 122 އަށް- 500،000 މީހުން ހާލުގަ ޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ލަންކާއަށް ކުރަމުންދާ ވިއްސާރައިގަ މަރުވިމީހުންގެ އަދަދު 122 އަށް- 500،000 މީހުން ހާލުގަ ޖެހިފަ!
ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހައިތަނަށް މަރުވި މީހުންގެ އަދަދު 122 އަރައި ހާލުގައި ޖެހުނު މީހުންގެ އަދަދު ފަސް ލައްކައަށް އަރައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެއް ލައްކައަށްވުރެ ގިނަ އާއިލާތަކަށް ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

ލަންކާގެ އެންމެ ބޮޑު ކޯރުތަކުގެ ތެރޭގައި ހިމެނޭ ކެލަނިޔަ ރިވަރގެ ފެންގަނޑު އަދިވެސް އަންނަނީ އުފުލެމުންނެވެ. އެހެންކަމުން އަދި ވެސް އިތުރު ގިނަ ބައަކު ހާލުގައި ޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިމަރޖެންސީ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން މަސައްކަތްކުރި ނަމަވެސް ހާލުގައި ޖެހިފައި ތިބި މީހުންގެ އަދަދު ގިނަކަމުން ސަރުކާރަށް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ.
މިއަދު އޮންލައިން