ރަމަޟާން މުބާރަކް

ކިޔުމަށް ހޭދަވާނީ 2މ 19ސ
ރަމަޟާން މުބާރަކް
އުފާވެރި ރޯދަމަސް އައުމުން ފަޒާ ނޫރުން މި އަލިވެދަނީ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................އުފާވެރި މައްސަރުގެ ހިޔަލުން ހިތާރޫޙަށް ދިރުން ލިބެނީ
މިމާތް މައްސަރުގެ ހަނދު އައިސް އުޑުމަތީ ރަނިކަން ކުރަން ފެށުމުން
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................މިމާތް އަޅުކަމުގެ ރޫޙާނީ އަލިން މުޅި ކައުނު ދިއްލިލަނީ
ދަރުމަޔާ އަދި ސަވާބަށް އެދި ނަޖާވޭތޯ މިމައްސަރުގައި
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................ކަރުނަ އޮހޮރާ ދުޢާކުރުމުގެ އަޑޭ ޖައްވުގެ ތެރޭން އިވެނީ
ތިމާގެކަމާއި އެކުވެރިކަން މިބަރަކާތްތެރި މަހުގެ ސަބަބުން
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................ޙިމާޔަތްކޮށް ގުޅުންބަދަހިވެ އަލުން ދިރުމެއް ގެނެސް މިދެނީ
ހިތުގެ އީމާންކަމަށް ދިރުމެއް ގެނެސް ތައުބާވުމުގެ ވަގުތޭ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................އިތުރު ފުރިހަމަ އުފާ ލިބިގެން ޒިކުރު ތަސްބީޙަތައް ކިޔަނީ
އެމާތްވީ ލައިލަތުލްޤަދުރުގެ ދަރުމަ އެދިގެން މިމައްސަރުގައި
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................އެމާތްވީ ރޭގެ ބަރަކާތުން މިއުއްމަތް އަލިވަމުން މިދަނީ
ތަވާޟުޢުވެރި ކަމާއެކުގައި ހިތާނިޔަތާއި ތެދުވެރިކޮށް
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................ހަވާނަފުސުން ދުރުވެ ތިބެގެން އިލާހުގެ ހަނދުމަ އާކުރަނީ
އަދާކުރަމުން ފަރުޟުސުންނަތް ހަނދާނަށް މަރުގެނެސްގެންތިބެ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................އަދާކުރަމުން އެހެން ވާޖިބުތަކާ ހެޔޮ ޢަމަލުކޮށް މިދަނީ
ހިޔާއެދިގެން މަޢާފާމަޢުފިރާގެ މިމޫސުމުން އެންމެން
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................ޚިޔާލާފިކުރު ހުސްކޮށްގެން ތަވައްޖުހުގައި އެހޭދަވަނީ
ޢަޤީދާރީތިކޮށް ﷲ ހަނދުމަކުރާށެވީ ކަތުނޭ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................ޔަޤީނުން ފާފަފުއްސެވުމުގެ ބަހާރެއް އައިސް ފަރިވެ މިވަނީ
ނިދީގެ އަރާމު ދޫކޮށްފާ ކުރަން ރޭއަޅުކަމާ ހެޔޮކަން
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................މިދީނުގެ އެންމެމާތްވީ މައްސަރޭ އައިސް ތަހުނިޔާ ކިޔަނީ
ރަޙުމަތުން ދާއިމީ ނިޢުމަތް އަދާ ކުއްތަންވެ ޙަޟުރަތުގާ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍......................ރަޙުމަތުންއެދި ހިޔާ މަޙުޝަރު ބިމުން ލިބުމަށް ދުޢާކުރަނީ
މިއަދު އޮންލައިން