ސްރީލަންކާއަށް މިހާރު ކުރަމުން ގެންދާ ވިއްސާރައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތެކެއްޗާއި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި ބޭނުންކުރާނެ ވަސީލަތްތައް އިންޑިއާ އިން ސްރީލަންކާއަށް ފޮނުވައިިފިއެވެ.
ހުކުރު ދުވަހު ފޮނުވި ތަކެތީގެ ތެރޭގައި ބޭހާއި ކާބޯތަކެއްޗާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާނެ އާލާތާއި ޑައިވަރުން ވެސް ހިމެނެއެވެ.
އެހީގެ ސާމާނާއިއެކު އިތުރު ބޯޓެއް މިއަދު ފޮނުއްވާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފައެވެ.