ޕޮގްބާ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ހިނގައްޖެ

ކިޔުމަށް ހޭދަވާނީ 1މ 14ސ
ޕޮގްބާ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ހިނގައްޖެ
ފްރާންސުގެ ޕައުލް ޕޮގްބާ ޢުމްރާގެ މަތިވެރި އަޅުކަން އަދާލުރުމަށް މައްކާއަށް ހިނގައްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއެކު ކާމިޔާބު ސީޒަނެއް ނިންމާލުމަށް ފަހު ދުނިޔޭގެއެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިއާމައްކާއަށް ދިޔައީ ރޯދަމަހުގެ ފުރަތަމަ ދުވަހާއި ދިމާކޮށް އިއްޔެއެވެ.

އިހުރާމް ހެދުމުގައި ގެފުޅު ކައިރީ ނަގާފައިވާވީޑިއޯއެއް އިންސްޓަރގްރަމުގައި އޭނާ ޕޯސްޓްކޮށް ރޯދަމަހުގެ ތަހުނިޔާ ފޮނުވައިފައިވާ އިރު، ކުރިން އޭނާވަނީ މެންޗެސްޓަރގައިހުންނަ އޭނާގެ ގޭގެ ދޮރުމަތީގައި ލަގެޖް ހިފައިގެން ހުރެ، ނަގާފައިވާވީޑިއޯއެއް ޕޯސްޓްކޮށްފައެވެ.

ގިނަ މެޗުތަކުގައި ބޮލުގެ އިސްތަށިގަނޑަށް ތަފާތު ކުލަތައް ޖައްސައިގެން ކުޅެމުން އަންނަ ޕޮގްބާ މައްކާގައި ނަގާފައިވާ ވީޑިއޯގައިހުރީ އާދައިގެ ގޮތަކަށް ބޯކޮށައި ކަޅުކުލަ ޖައްސާފައެވެ.

ޔުވެންޓަރސް އިން މި ސީޒަނުގައި 105 މިލިއަންޔޫރޯ ނުވަތަ ގާތްގަނޑަކަށް 18 ބިލިއަން ރުފިޔާއަށް ޔުނައިޓެޑަށް ބަދަލުވިޕޮގްބާ ވަނީ އެ ޓީމާއެކު ޗެރިޓީ ޝީލްޑާއި ލީގު ކަޕް އަދި ޔުރޮޕާރ ލީގުކާމިޔާބުކޮށްފަ އެވެ.
މިދިޔަ ބުދަ ދުވަހުގެރޭ ނެދަލެންޑްސްގެ އަޔަކްސްއަތުން 2-0 އިން ޔުނައިޓެޑް މޮޅުވެ ޔުރޮޕާ ލީގު ކާމިޔާބުކުރިއިރު ޕޮގްބާވަނީ ލަނޑު ޖަހާފައެވެ.

ގިނީގެ ދެމަފިރިއަކަށް ފްރާންސުގައި 1993ވަނަ އަހަރު އުފަންވި ޕޮގްބާ އަންނަނީ 2013 ވަނަ އަހަރުން ފެށިގެންފްރާންސް ޤައުމީ ޓީމަށް ކުޅެމުންނެވެ.

ޢުމްރާ އަށްފަހު ދެން އޭނާ ގުޅޭނީއަންނަ މަހުގެ ފްރާންސް ކުޅޭ ތިން މެޗަކަށް ތައްޔާރުވުމަށް ފްރާންސުގެކޭމްޕާއެވެ.



މިއަދު އޮންލައިން