ދުވަހަކު ގުޅުން ބަދަހިނުކުރާ މިންވަރަށް އީރާނާއެކު ގުޅުން ބަދަހިކުރަން ބޭނުންކަމަށް ޤަތަރުން ބުނުމުން އަރަބި ޤައުމުތަކަށް ވަރަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ.
އިރާނުގެ ރައީސް ހަސަން ރޫހާނީއަށް ފޯނުކުރައްވައި ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމާދް އަލްސާނީ ވިދާޅުވީ އީރާނާއި ޤަތަރުގެ މެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި މީގެ ކުރިން ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިނުވާ މިންވަރަށް ގުޅުން ބަދަހިކުރައްވަން ބޭނުންފުޅު ކަމަށެވެ.
މިކަމާއި ގުޅިގެން ބައެއް ޢަރަބި ޤައުމުތަކުން ބުނެފައިވަނީ އީރާނު ގެންގުޅޭ ސިޔާސަތުތަކާއި އަރަބި ޤައުމުތަކުން ދެކޮޅު ނަމަވެސް އަދި ކަންބޮޑުވުން އިންތިހާއަށް އޮތް ނަމަވެސް ޤަތަރާއި އީރާނާއި ދެމެދުގައި ވަރަށް ގާތް ގުޅުންތަކެއް އޮންނަކަން ކަމަށެވެ.
މި ކޯލުގައި ހަސަން ރޫހާނީ ވިދާޅުވީ އަވަށްޓެރި ޤައުމުތަކާއިއެކު ގުޅުންތައް ބަދަހިކުރަން އީރާނުން މަސައްކަތްކުރާނެ ކަމަށެވެ. ހައްލަކީ ހަތިޔާރާއި ހަނގުރާމަކުރުން ނޫން ކަމަށާއި އެއްބައަކު އަނެއް ބައަކާއި ގުޅުން ބަދަހިކުރުން ކަމަށެވެ.