19 އަހަރަށްފަހު ރަމަޟާން މަހު މުސްލިމުންނަށް ކާން ނުދޭން އެމެރިކާގެ ޚާރިޖީވަޒީރު ޓިލަރސަން ނިންމައި އަމުރުކޮށްފިއެވެ.
1999 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ޚާރިޖިއްޔާއިން އިންތިޒާމުކޮށްގެން މުސްލިމުންނަށް ރޯދަ ވީއްލުމެއް ފަދަ ކެއުމެއް ދެއެވެ. ބައެއް އަހަރުތަކުގައި އީދު ދުވަހުވެސް ކާންދެއެވެ.
ޚާރިޖިއްޔާގެ "އޮފީސް އޮފް ރިލިޖަން އެންޑް ގްލޯބަލް އެފެއަރޒް" އިން މިއަހަރު ހުށަހެޅީ އީދު ދުވަހު މުސްލިމުންނަށް ކެއުމެއް ދިނުމަށެވެ. ނަމަވެސް ޓިލަރސަން ވަނީ އެކަން ހުއްޓުވައިފައެވެ.
ޓްރަމްޕުގެ ސަރުކާރުން މުސްލިމުންނަށް ކެއުމެއް ނުދިނިއްޔާ މުސްލިމުން ބަނޑަށް މަރުވާނީ ހެއްޔެވެ؟