މަސްޖިދުލްއަޤްޞާ ބުޑުގަ ނަތަޔާންހޫ ވަޒީރުންގެ ބައްދަލުވުމެއް ބާއްވައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
މަސްޖިދުލްއަޤްޞާ ބުޑުގަ ނަތަޔާންހޫ ވަޒީރުންގެ ބައްދަލުވުމެއް ބާއްވައިފި!
ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒިރު ނަތަޔާންހޫ އޭނާގެ ހައްދުފަހަނައަޅާފައިވާ ވަޒީރުންތައް ގޮވައިގެން ގޮސް މަސްޖިދުލްއަޤްޞާގެ ބުޑުގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފިއެވެ.

ނަތަޔާންހޫ ބުނީ އާދީއްތަ ދުވަހު އެފަދަ ބައްދަލުވުމެއް ބޭއްވީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ކަމަށެވެ.

މިކަމާއި ގުޅިގެން ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މިފެންނަނީ އިޒްރޭލުގެ ވެރިކަން ޓެލްއަވީވުން ޖެރޫސަލަމަށް ބަދަލުކުރުމުގެ ކޮޅުމަތި ކަމަށެވެ.

ޓްރަމްޕް އިޒްރޭލަށް ގޮސް ކޮންމެ ކަމެއްގައިވެސް "ގޯ އަ ހެޑް" ދިންފަހުން ނަތަޔާހޫގެ ފުއްޕުން ވަނީ ދެ ގުނައަށް މިހާރުވެސް އިތުރުވެފައެވެ.

މާލެ ސިޓީގެ ފުރަތަމަ ސިޓީ ކައުންސިލުންވެސް ވަނީ މިފަދަ ޖަލްސާއެއް މަޖިލިސްކުރާގޭ ކައިރީގައި މަގުމަތީގައި ބާއްވައިފައެވެ.
މިއަދު އޮންލައިން