ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗަރްޔާ ޓްވިޓަރ އާގުޅިއްޖެއެވެ.
ކުރިންވެސް އޭނާ ވަނީ ޓްވިޓަރގައި ހަރަކާތްތެރިވެފައެވެ. ނަމަވެސް އޭނާގެ ޓްވިޓަރ އެކައުންޓް ސަސްޕެންޑް ކުރީ އަންހެނުންގެ ޙައްޤުތަކާއި އިދިކޮޅު ވާހަކަތަކެއް ލިޔުމުންނެވެ.
ޢުމުރުން 58 އަހަރުގެ އަބިޖީތު އޭނާގެ އައު ޓްވިޓަރ އެކައުންޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ " އަހަރެން އެނބުރި އަތުވެއްޖައިން" ކަމަށެވެ. އަދި އޭނާގެ ކުރީގެ ޓްވިޓަރ އެކައުންޓް އަދިވެސް ވަނީ ސަސްޕެންޑްކޮށްފައި ކަމަށެވެ.
އިންޑިއާގެ އާރމީންނަށް އޭނާ ސެލިއުޓް ނަގާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އޭނާގެ ނަމުގައި ފޭކް އެކައުންޓްތަކެއް ދައުރުވަމުން އަންނަ ކަމަށާއި އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
blockquote class="twitter-tweet" data-lang="en">