ފަޤީރުންނަށް ޚާއްޞަކޮށްގެން ކާބޯތަކެތި ވީހައި ލުއި ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ދުބާއީގެ 80 ސަރަޙައްދެއްގައި ފްރިޖްތައް ބަހައްޓައިފިއެވެ.
މިކަން އިންތިޒާމްކުރި ޔޫއޭއީ ފުޑް ބޭންކް ސެކިޔުރިޓީން ބުނީ ފަޤީރުންނަށް ކާބޮތަކެތި ފޯރުކޮށްދޭން ބޭނުން މީހުން ތަކެތި ގެންގޮސް ފްރިޖްތަކުގައި ބެހެއްޓޭނެ ކަމަށެވެ. އަދި ޢާންމުން ތަކެތި އެކަށީގެންވާ ވަރަށް ނުބަހައްޓާނަމަ ސަރުކާރުން އެކަން ބަލަހައްޓައި ފްރިޖްތަކަށް ކާބޯތަކެތިލަމުން ގެންދާނެ ކަމަށެވެ.
ތައްޔާރީ ކެއުމާއި ބުއިންތަކުގެ އިތުރުން އަމިއްލައަށް ގޭގައި ތައްޔާރުކުރާ ކާބޯތަކެތިވެސް ފްރިޖްތަކުގައި ބެހެއްޓޭނެ ގޮތް އިންތިޒާމްކޮށްފައިވާތީ ރޯދަވީއްލުމަށާއި ހާރަށް ތައްޔާރުކުރާ ތަކެތީގެ ތެރެއިން އިތުރުވާ ކާބޯތަކެތިވެސް މީހުން ފްރިޖްތަކަށް ލައެވެ. ފަޤީރުން ގެންދަނީ އެތަކެތި ބޭނުންކުރަމުންނެވެ.
މިފަދަ އިންތިޒާމެއް ހަމަޖެއްސުމުން ނުކެވިގެން ބާކީވާ ތަކެތިވެސް ދަނީ ހެޔޮ ގޮތުގައި ބޭނުންކުރަމުންނެވެ.