ޓްވިޓަރއިން އަނެއްކާވެސް އަބީޖީތު ބޭރުކޮށްލައިފި

ކިޔުމަށް ހޭދަވާނީ 1މ 14ސ
ޓްވިޓަރއިން އަނެއްކާވެސް އަބީޖީތު ބޭރުކޮށްލައިފި
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗަރްޔާ ޓްވިޓަރއިން އަނެއްކާވެސް އަބީޖީތު ބޭރުކޮށްލައިފިއެވެ.

އޭނާ ވަނީ މީގެ ކުރިން ނޭދެވޭ ޓްވީޓެއް ކޮށްގެން ޓްވިޓަރއިން ސަސްޕެންޑް ކޮށްފައެވެ. އޭގެ ފަސް ދުވަސް ފަހުން އައު ޓްވިޓަރ އެކައުންޓެއް ހަދައިގެން އަބީޖީތު ޓްވިޓަރަށް އެނބުރި އައި ކަމުގައި ވިޔަސް، ހަމަ އެރޭ، އެ އެކައުންޓުވެސް ޓްވިޓަރއިން ވަނީ ސަސްޕެންޑް ކޮށްފައެވެ.

މީގެ ކުރިން އަބީޖީތުގެ ޓްވިޓަރ އެކައުންޓު ސަސްޕެންޑު ކޮށްފައިވަނީ ޖޭއެންޔޫ ގެ ދަރިވަރެއް ކަމުގައިވާ ޝެހްލާ ރާޝިދު އާއި ބެހޭ ގޮތުން ނޭދެވޭ ޓްވީޓުގެ ތަކެއް ކޮށްގެންނެވެ.

މިދިޔަ ހޯމަ ދުވަހު އެނބުރި ޓްވިޓަރ އައި ކަމުގައި ވިޔަސް، އައު ޓްވިޓަރ އެކައުންޓުގައި އަބީޖީތަށް ހިއްސާ ކުރެވުނީ އެއް ޕޯސްޓާއި ވީޑިއޯ އެކެވެ. އެވީޑިއޯގައި އަބީޖީތު ބުނެފައިވަނީ، ކޮންމެ "އެންޓި-އިންޑިއަން" އެއްގެ އަޑު އޭނާ ކަނޑާލާނެ ކަމަށާއި އޭނާ އަޑު އުފުލަނީ އިންޑިއާ އާއި އިންޑިއާގެ އަސްކަރިއްޔާ އާއިދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ކަމަށެވެ.

މިމަހުގެ 22 ވަނަ ދުވަހު ބައެއް އަންހެނުންތަކާއި ދެކޮޅަށް އަބީޖީތު ވަނީ ޓްވީޓުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ ޝެހްލާ ރާޝިދު އެވެ. މިފަހަރު ހެދި އެކައުންޓުގައި އަބީޖީތު ގޮވާލާފައިވަނީ އޭނާ އަކީ ޤައުމަށްޓަކައި އުޅޭ މީހެއް ކަމަށާއި އަދި އޭނާއާއި އެއްބައިވުމަށެވެ.

މިއަދު އޮންލައިން