މާތް ނަބިއްޔާ

ކިޔުމަށް ހޭދަވާނީ 1މ 38ސ
މާތް ނަބިއްޔާ
މާތް ނަބިއްޔާ އަރިއަހަށް ވެދުމާ ސަލާމް ފޮނުވާ ލަނީ
‍‍‍‍‍‍........................މާތް ޙަބީބުގެ އަރިއަހަށް ގުލްހާރު ތައް ފޮނުވާލަނީ
މާތް ރިސާލަތު ދުނިޔެއަށް ދެއްކެވި ނަބިއްޔާ އަރިއަހަށް
‍‍‍‍‍‍........................މާމަލުން ވަސްމީރުހާ ދަސްތާތަކޭ އަމުނާލަނީ
މާތްވި ދީނުގެ ބިންގަލެއް ކައުނުގަ އަޅުއްވާ ދެއްވެވީ
‍‍‍‍‍‍........................މާތް އެ ތަޤުވާވެރި އަމީނުގެ އަރިއަހަށް ކުއްތަންވަނީ
މާތް ޢިބާދާތުގެ ނިދާ ޢާލަމް ތަކަށް ގެންނެވި ޙަބީބް
‍‍‍‍‍‍........................ސާފުސީދާ ޝުކުރުތައް ޙަމްދާއެކީ ކިޔަމުން ދަނީ
މާތް މުޙައްމަދު މުޞްޠަފާ ދެއްކެވި ހިދާޔަތު ގައި ހިނގާ
‍‍‍‍‍‍........................ދާއިމަށް ތަސްބީޙަޔާ ޒިކުރުގެ ސަނާ އަމުނާލަނީ
މާތް ކަލިމަފުޅު އުންމަތަށް ގެންނެވި ޝަރަފު ވެރި ސާހިބާ
‍‍‍‍‍‍........................ހާމަކޮށް މިޝުޢޫރު ގައި ހިމަނާ ބަޔާން ކުރަމުން ދަނީ
މާތް އެ މުޞްލިޙު ދެއްކެވިއެ ސީދާވި ރާސްތާއިން ހިނގާ
‍‍‍‍‍‍........................ރާޙަތެއް ލިބުމަށް އަދާ ޒިކުރާ މިއާ ކުރަމުން ދަނީ
މާތް ވަޙީފުޅު ޙަޟުރަތުން އިއްވެވި ނަބިއްޔާ އުންމަތަށް
‍‍‍‍‍‍........................ރާގުތައް މަދަޙައިން ކިޔާ އަޑުތައް އެކީ ގުގުމާލަނީ
މާތް މަކާރިމް ޔާ ޙަބީބް އަދި ޔާ ރަސޫލުﷲ އަށް
‍‍‍‍‍‍........................ފާތިޙާ ޞަލަވާތް ކިޔާ އަޑުތައް މިއަދު އުފުލާލަނީ
މާތް އަމީނުގެ ނޫރުފުޅު އަކުވާނުގައި ދިއްލާލުމުން
‍‍‍‍‍‍........................މާ އަނދިރި ޖާހިލުކަމުން އުންމަތް އެކީ އަލިކޮށްދެނީ
މާތްކަމާ ހައިބަތު ގެ ވެރި ކީރިތި ޢުލޫމުލްޢާލަމީން
‍‍‍‍‍‍........................ސާފު ހިތަކުން ހެޔޮ ދުޢާ އަބަދާއަބަދު ކުރަމުން ދަނީ
މާތް އަމީނުލްމޫމިނީން އަދި ޔާ ޢަޒީޒުލްޢާލަމީން
‍‍‍‍‍‍........................ތާއަބަދު ނިމުމެއް ނުވާ ޒިކުރާތަކޭ ކުރަމުން ދަނީ
މިއަދު އޮންލައިން