މައިންނަށް ދަރިންގެ ފޭސްބުކް އެކައުންޓް ނުބެލޭނެކަމަށް ޖަރުމަނުގެ ކޯޓަކުން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
މައިންނަށް ދަރިންގެ ފޭސްބުކް އެކައުންޓް ނުބެލޭނެކަމަށް ޖަރުމަނުގެ ކޯޓަކުން ނިންމައިފި
ކިތަންމެ ކުޑަ ކުއްޖެއް ނަމަވެސް ފޭސްބުކް އެކައުންޓަކީ ކުއްޖާގެ ހައްޤެއް ކަމަށާއި މައިންނަށް ދަރިންގެ ފޭސްބުކް އެކައުންޓް ނުބެލޭނެ ކަމަށް ޖަރުމަނުގެ ކޯޓަކުން ނިންމައިފިއެވެ.

މިމައްސަލަ ފެންމަތިވީ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅު 2012 ވަނަ އަހަރު ރޭލެއްގައި މަރުވި ހާދިސާގެ އިތުރު މައުލޫމާތު ހޯދަން ބޭނުންވެގެން ދަރިފުޅުގެ ފޭސްބުކް އެކައުންޓް ބަލަން މަންމަ ކުރި މަސައްކަތަށް ފޭސްބުކުން އެއްބާރުލުން ނުދިނުމުންނެވެ.

ކޯޓުން ބުނެފައިވަނީ ދެވަނަ މީހަކަށް ފެންނަން ބޭނުން ނުވާނެ ގިނަ މައުލޫމާތުތަކެއް ފޭސްބުކުގައި ހުންނާނެ ކަމަށާއި އެފަދަ މައުލޫމާތު މަންމައަށް ވެސް ފެނިގެން ނުވާނެ ކަމަށެވެ.
މިއަދު އޮންލައިން