މީގެ 500 އަހަރު ކުރިން ރަންޕްލޭޓް ކޮށްފައިވާ އެތައް މިލިއަން ޑޮލަރުގެ އަގުހުރި ކީރިތި ޤްރްއާނުގެ މުޞްހަފެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މީގެ 500 އަހަރު ކުރިން ރަންޕްލޭޓް ކޮށްފައިވާ އެތައް މިލިއަން ޑޮލަރުގެ އަގުހުރި ކީރިތި ޤްރްއާނުގެ މުޞްހަފެއް!
ޚަބަރުގައިވާ ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ މީގެ 500 އަހަރުކުރިން ރަންޕްލޭޓްކޮށްފައިވާ އެތައް މިލިއަން ޑޮލަރުގެ އަގުހުރި ކީރިތި ޤްރްއާނުގެ މުޞްހަފެކެވެ.

އަބޫދާބީގައި ދިރިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ޢާއިލާއެއްގެ މީހުން ކޮންމެ ރަމަޟާން މަހަކު ޤްރްއާން ކިޔަވަނީ މި މުޞްހަފުންނެވެ.

އުމުރުން 41 އަހަރުގެ މުޙައްމަދު ޙާރިސް ބުނީ މި މުޞްހަފަކީ އޭނާގެ އަނބިމީހާ އައިޝާ ޤާސިމްއަށް އޭނާގެ ބޭބެ އިސްމާއީލް ބިން ޤާސިމް ދިން ހަދިޔާއެއް ކަމަށެވެ. އަދި އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި މި ހަދިޔާ ދިނީ 2009 ވަނަ އަހަރު އިސްމާޢީލް ދިރިއުޅޭ މެލޭސިޔާގައި ކަމަށެވެ. އަދި މެލޭސިޔާއިން މުޞްހަފް ބޭރުކުރެވުނީ އެކަމަށް ޚާއްޞަ ހުއްދަތަކެއް މެލޭސިޔާ ސަރުކާރުން ދިނުމުން ކަމަށެވެ.

"ނަޝްކި" އަކުރުން ލިޔެފައިވާ މި މުޞްހަފްގެ ތާރީޚް 16 ވަނަ ޤަރުނާއި ގުޅިފައިވާކަމަށް ބެލެވެއެވެ. ބެލެވޭ ގޮތުން އަަރަބިން މި މުޞްހަފް ޗައިނާއަށް ގެންގޮސްފައިވަނީ އޮޓްމަން އެމްޕަޔަރުގެ ވެރިކަމުގައެވެ. އަދި ޗައިނާއިން މެލޭސިޔާއަށް މުޞްހަފް ގެންދެވުނީ 1971 ވަނަ އަހަރުއެވެ.

ހާރިސްގެ އާއިލާ އިން ޤްރްއާން ކިޔަވަން މި މުޞްހަފް ބޭނުންކުރަނީ ރަމަޟާންމަހު އެކަންޏެވެ. ހާރިސް ބުނާ ގޮތުން މިފަދަ މުޞްހަފްތައް ވަނީ އެތައް މިލިއަން ޑޮލަރަށް ވިއްކައިފައެވެ.
މިއަދު އޮންލައިން