ކްރޫ މެންބަރުން ޒަޚަމް ވިޔަސް،މީހުންގެ ސަމާލުކަން ދިޔައީ ޝާޙްރުކް ޚާންގެ ސަލާމަތަށް

ކިޔުމަށް ހޭދަވާނީ 1މ 10ސ
ކްރޫ މެންބަރުން ޒަޚަމް ވިޔަސް،މީހުންގެ ސަމާލުކަން ދިޔައީ ޝާޙްރުކް ޚާންގެ ސަލާމަތަށް
ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އެކްޓަރ އަދި ގިނަ ބަޔަކަށް "ކިންގް ޚާން" ގެ ނަމުން މަޝްހޫރުވެފައިވާ ޝާޙްރުކް ޚާން، އާނަންދް އެލް. ރާއީ އާއިއެކު މިހާރު ކުޅެމުންދާ ފިލްމުގެ ސެޓުގައި ވަރަށް ފަހުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، މިނުރައްކާތެރި އެކްސިޑެންޓުގައި އެފިލްމުގެ ދެ ކްރޫއަކަށް ވަނީ ވަރަށް ބޮޑެތި އަނިޔާ ތަކެއް ވެފައެވެ.

މުމްބައި ގެ ފިލްމު ސިޓީގައި އެފިލްމުގެ ޝޫޓިންގ ކުރިއަށް ދަނިކޮށް، ސެޓުގައި ހަދާފައިހުރި ސީލިންގ ގެ ބޮޑު ބައެއްވަނީ ވެއްޓިފައެވެ. އެވަގުތު އެސެޓުގައި ހުރި މީހަކު އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހަދަމުން ދިޔަ އެ ސީލިންގ ވެއްޓުނީ އޭގެ މައްޗަށް ޕްރޮޕް ހަރުގަނޑެއް ވެއްޓުމުން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިހާދިސާ ހިނގިއިރު ޝާޙްރުކް ޚާން އިނީ ސެޓުގެ އަނެއްކޮޅުގައި އިށީންދެގެންނެވެ.

މިހާދިސާގައި ލިފްމުގެ ކްރޫގެ ދެމީހަކަށް އަނިޔާވުމުގެ ސަބަބުން ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. ނަމަވެސް އެދެ ކްރޫގެ ހާލަތައްވުރެ ބޮޑަށް ގިނަ މީހުން ސަމާލުކަން ދިނީ ޝާޙްރުކް ޚާން ގެ ސަލާމަތަށެވެ. ދެ ކްރޫއިން ހޮސްޕިޓަލަށް ގެންދެވުން ކަމުގައި ވިޔަސް، "ކިންގް ޚާން" ސަލާމަތުން ހުރީތީ ގިނަ މީހުންވަނީ އެކަމާއި އުފާފާޅު ކޮށްފައެވެ.

މިއަދު އޮންލައިން