ތަގުވާގެމަގަކީ ސުވަރުގޭގެރާސްތާ

ކިޔުމަށް ހޭދަވާނީ 36ސ
ތަގުވާގެމަގަކީ ސުވަރުގޭގެރާސްތާ
ބިންމަތިން ތަގުވާގެ މަގުގައި ހިނގުމަކީ ބޮޑު ރަހުމަތެއް
........................އިންދަމުން ތަގުވާގެ ނިރު ފެންދިނުމަކީ ބޮޑު ނިޢުމަތެއް
ހިތްތަކުން ޖާހިލްކަމުގެ ވިހަޒަހަރު ފިލުވައިލުން އެއީ
........................ނިތްމަތިން ނަސްރާނަސީބުގެ އަސަރު ދައްކާ ނިޢުމަތެއް
ހަރުދަނާ އީމާންކަމުގެ ފޭރާމަކުން ޒީނަތްވުމީ
........................މަރުއަމާން ކުރުމަށް ހަޔާތުން ހޯދިދާނޭ ނިޢުމަތެއް
ބިރުވަތައި އެކަލާނގެއަށް ހެޔޮނިޔަތުގައި އަތްއުފުލުމީ
........................ބިރުހިތުން ނަރަކައިގެ ފިލުވައިދޭނެ ވަރުގަދަ ނިޢުމަތެއް
ދަތުރުގައި އިހުމާލުވީ ހިނދުކޮޅުތަކަށް ތައުބާވުމީ
........................ދަތުރުގައި ހޯދާ ސަވާބަށް އިތުރުވާނޭ ނިޢުމަތެއް
ސުންނަތާ ﷲ އެންގެވި ވާޖިބަށް ބޯލެނބުމަކީ
........................ބުންވަރާއެކު ހިތްތަކަށް ދިރުމެއް ލިބޭނޭ ނިޢުމަތެއް
ނަފުސު ޠޯހިރުކުރުމުގައި ހިތުގައި އަޒުމުކަނޑައެޅުމަކީ
........................ކަފުނުގައި ވަކިވާ ދުވަހު ފިނިކަން ލިބޭނޭ ނިޢުމަތެއް
ފަނޑުނުވާ މަތިވެރިސުޙުފު ކިޔެވުންމަތީ ދެމިހުރުމަކީ
........................ފަނޑުވުމެއް ނެތް ދާއިމީ އެ ހަޔާތުގައި ބޮޑުނިޢުމަތެއް
މިއަދު އޮންލައިން