އިޒްރޭލުގެ ވެރިރަށް ޓެލްއަވީވްގައި މިހާރު ހުރި އެމެރިކާގެ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރުމަށް 6 މަސް ދުވަހަށް ލަސްކޮށްފިއެވެ.
ވައިޓް ހައުސް އިން ބުނީ އެކަމަކީ ޓްރަމްޕުގެ ރިޔާސީ ވައުދެއް ނަމަވެސް ވައުދު ފުއްދުން ލަސްކުރީ މެދުއިރުމަތީގެ ޞުލްޙައަށް ފުރުޞަތު ދިނުމަށާއި އިޒްރޭލާއި ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދަން ކުރަންހުރި މަސައްކަތްތަކަށް މަގުފަހިކޮށްދޭން ކަމަށެވެ.
ޓްރަމްޕުގެ މި ނިންމުމަކީ އެއްވެސް ފައިދާއެއް ކުރާނެ ނިންމުމެއް ނޫނެވެ. މުސްލިމް ޤައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގެންދަނީ އެމްބަސީ ޖެރޫސަލަމަށް ބަދަލު ނުކުރުމަށް އެމެރިކާއަށް ގޮވާލަމުންނެވެ.
ޓްރަމްޕް މިފަދަ މަޅިތައް ޖަހަނީ އަރަބި ޤައުމުތަކާއެކު އިތުރު ޑީލްތައް ޖަހައި މަޅީގައި ޖައްސުވަން ކަމަށް ޤަބޫލުކުރެވެއެވެ.