ސައުދިއަރަބިޔާގެ ޤާތިފްގައި ކާރެއް ގޮވައި 2 ޓެރަރިސްޓުން މަރުވެއްޖެއެވެ. ސައުދީ ފުލުހުން ވަނީ މަރުބި 2 ޓެރަރިސްޓުންގެ ނަންތައް ޢާންމުކޮށްފައެވެ.
ފުލުހުން ބުނީ ކާރު ގޮވީ އެއިގައި އޮތް ބޮމެއް ގޮވައިގެން ކަމަށެވެ. ކާރުގައި ހުޅުހިފިވަގުތު 3 މީހަކު ކާރުން ފުންމާލައިގެން ފިލިތަން ވަނީ ފެނިފައެވެ.
ޤާތިފް ގައާއި އުތުރު ޕްރޮވިންސްގައި ސަލާމަތީ ބާރުތަކަށް ޝިޢީން ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. ޤާތިފްގައި އައިއެސް އިންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.