ތޫނިސްގައި ހާމަތަނެއްގައި ކޭ ހަތަރުމީހަކު 1 މަސް ދުވަހަށް ޖަލަށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ތޫނިސްގައި ހާމަތަނެއްގައި ކޭ ހަތަރުމީހަކު 1 މަސް ދުވަހަށް ޖަލަށްލައިފި
ތޫނިސްގައި ޢާންމުކޮށްވ ފެންނަގޮތަށް ހާމަތަނެއްގައި ކެއި ހަތަރުމީހަކު 1 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ތޫނިސްގައި މުސްލިމުންގެ އާބާދީ ގިނަ ނަމަވެސް ރޯދަ މަހު ކެއުން މަނާކުރާ ޤާނޫނެއް ނުއޮވެއެވެ. އެހެންކަމުން އެމީހުންނަށް އަދަބު ދިނީ ގިނަ ބައެއްގެ ހައްޤުތަކަށް އަރައިގަތުމުގެ ކުށުގައެވެ.

ތޫނިސްގައި ދުވާލުގަޑީގައި ރެސްޓޯރަންޓްތައް ޢާންމުކޮށް ބަންދުކުރެއެވެ. ނަމަވެސް ބައެއް ތަންތަން ހުޅުވައި ޢާންމުކޮށް ނުފެންނާނެހެން ކާންދެއެވެ.
ތޫނިސްގެ ޤާނޫނު ބުނާގޮތުން އިސްލާމް ދީން ހިމާޔަތްކުރުމަކީ ސަރުކާރަށް މަޖުބޫރު ކަމެކެވެ.
މިއަދު އޮންލައިން