ނުކުޅެދުންތެރިކަން ހުރި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި 7 މީހަކަށް 10 އަހަރުގެ ޖަލު ޙުކުމް އިއްވުމުން އެ މައްސަލަ މަތީ ކޯޓުގައި އިސްތިއުނާފްކުރުމުން 7 މީހުން މެރުމަށް މަތީ ކޯޓުން ހުކުމްކޮށްފިއެވެ.
ކުވައިތުގެ މަތީ ކޯޓުން ކުރި މިހުކުމާއި ގުޅިގެން ޤާނޫނީ ވަކީލުން ބުނެފައިވަނީ މިއީ މިފަދަ ކަމެއްގައި ކުވައިތުގެ ކޯޓަކުން ކުރި "ރެކޯޑް" ހުކުމެއް ކަމަށެވެ.
ސިކުނޑީގެ މައްސަލައެއް ހުންނަ 13 ކުޑަ ފިރިހެން ކުއްޖަކު، ރިޒޯޓެއްގައި އެމީހުން ތިބި ލަގްޒަރީ ވިލާއަށް ގެންގޮސް ޖިންސީ ގޯނާކުރިކަން ސާބިތުވީ އެކެއްގެ ފޯނުން ފެނުނު ވީޑިއޯއަކުންނެވެ. ކުއްޖާއަށް އޮޅުވާލައިގެން ގެންދިއުން ކޯޓުން ބަލާފައިވަނީ މީހަކު ވަގަށްނެގުން ކަމަށެވެ.
މި މައްސަލައިގައި ހުކުމް އިއްވި މީހުންގެ ތެރޭގައިި ހިމެނެނީ 81 އަހަރާއި 23 އަހަރާއިދެމެދުގެ މީހުންނެވެ. އެމީހުންގެ ތެރޭގައި ކުވައިތުގެ 4 މީހުންނާއި ޔަމަނުގެ މީހަކާއި "ވަކި ޤައުމަކަށް ނިޞްބަތް ނުވާ" 2 މީހަކު ހިމެނެއެވެ.