ޖިއްދާގެ ޒުވާން އަންހެނުން ފަޤީރުންނަށް ކާންދެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޖިއްދާގެ ޒުވާން އަންހެނުން ފަޤީރުންނަށް ކާންދެނީ
ރަމަޟާން މަހުގެ ހެޔޮ ދަރުމަ ހޯދުމަށް އެކި މީހުން ކުރަނީ އެކިކަންކަމެވެ. އެބައަކަށް ވާން އޮންނަ މިންވަރަކުންނެވެ.

ބަދްރް އަލްފަހްލަވީ އަކީ ފަޤީރުންނަށް ރަމަޟާން މަހު ކާން ދިނުމަށް ތަފާތު ހަރަކާތްތައް ހިންގި މީހެކެވެ. 2010 ވަނަ އަހަރު އޭނާ ނިޔާވުމުން އެކަމުގައި އިސްނެގީ އޭނާގެ އަންހެންދަރިފުޅު ބަސްމާ އަލް ބަދްރް އެވެ.

ބަސްމާ ފުރަތަމަ އެ މަސައްކަތްފެށީ އޭނާގެ ފެންވަރުން ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް މިހާރު ގިނަ އަދަދެއްގެ ޒުވާން އަންހެނުން ވަނީ ބަސްމާ އާއި ގުޅިފައެވެ.

މި ޖަމާއަތުން ކޮންމެ ދުވަހަކުވެސް ތަފާތު ކެއުންތައް ތައްޔާރުކޮށްގެން ގެންގޮސް ފަޤީރުންނަށް ކާންދެއެވެ. ރޯދަވީއްލާ ވަގުތު ބައެއް މިސްކިތްތަކަށްވެސް ގެންދެއެވެ. ފަޤީރުން ދިރިއުޅޭ ގޭގެ ފާހަގަކޮށް ގެތަކަށްވެސް ގެންގޮސްދެއެވެ.

ޒުވާން އަންހެނުންގެ ޖަމާއަތުން ބުނަނީ މި މަސައްކަތަކީ އެމީހުންނަށް ކުރެވޭ އެންމެ ބޮޑު އިޖުތިމާޢީ ޚިދުމަތް ކަމަށެވެ. އަދި މިކަމަކީ މާތް ﷲ ގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދިގެން ކުރާ މަސައްކަތެއް ކަމަށެވެ.
މިއަދު އޮންލައިން