މަސްޖިދުލް އަޤްޞާގަ ރޯދައެއް ހިފާލަން ބޭނުންނަމަ ޗެކް ޕޮއިިންޓްތަކަށް ފަތިސްވުމުގެ ކުރިން ދާންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މަސްޖިދުލް އަޤްޞާގަ ރޯދައެއް ހިފާލަން ބޭނުންނަމަ ޗެކް ޕޮއިިންޓްތަކަށް ފަތިސްވުމުގެ ކުރިން ދާންޖެހޭ!
މުސްލިމުންގެ 3 ވަނަ ހަރަމްފުޅުކަމަށްވާ މަސްޖިދުލްއަޤްޞާގައި މަޑުކޮށްލައިގެން ރޯދައެއް ހިފާލަން ބޭނުންނަމަ ޗެކް ޕޮއިޓްތަކަށް ފަތިސްވުމުގެ ކުރިން ދާންޖެހެއެވެ. ޗެކް ޕޮއިންޓްތައް ހުރަސް ކުރެވެނީ ޔަހޫދީ ފުލުހުން ޗެކްކުރަން ބޭނުންވަރަކަށް ޗެކުކުރުމަށްފަހުގައިކަމަށްވާތީއެވެ.

އެހެންކަމާއިއެކުވެސް އެތައް ހާސް މުސްލިމުން ކޮންމެ ދުވަހަކުވެސް މަސްޖިދުލްއަޤްޞާގައި މަޑުކޮށްލައިގެން ރޯދައެއް ހިިފުމުގެ ބޭނުމުގައި ކޮންމެ ދުވަހަކުވެސް އެތައް ހާސް ބައަކު ފަތިސް ވުމުގެ ކުރިން ޗެކްޕޮއިންޓްތަކަށް ދެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ރޭ ޗެކް ޕޮއިންޓްތައް ކައިރީގައި އެތައް ހާސް ބައަކު ގަދަ ފިނީގައިވެސް ކެތްކޮށްލައިގެން ކިޔޫގައި ތިބީ ދުވަސް މަސްޖިދުލްއަޤްޞާގައި ހޭދަކުރުމުގެ ބޭނުމުގައެވެ.

ދުވާލުގެ ގަދަ ހޫނުގައިވެސް މަސްޖިދުލްއަޤްޞާގެ ގޯތިތެރޭގައި މަޑުކޮށްލައިގެން ކީރިތި ޤްރްއާން ކިޔެވުމާއި އެހެންވެސް އަޅުކަން ކުރުމުގައި ތިބުމަކީ މުސްލިމުންނަށް އެއްވެސް އުނދަގޫކަމަކަށް ނުވެއެވެ. އެމީހުންގެ ހިތުގައިވާ އީމާންކަން މާވަރުގަދައެވެ. މާތްﷲއަށް އޮތް ލޯބި މާބޮޑެވެ.
މިއަދު އޮންލައިން