ރަމަފާން މަސް ފެށުމާއިއެކު އުމުރާއަށް ދިއަ މީހުން މަދީނާގައި ހުންނަ ކައު އިތުރު ރަސޫލާގެ މިސްކިތްކޮޅު މަސްޖިދުއްނަބަވީ އާއި މިސްކިތްކޮޅުގެ ގޯތިތެރެ ފުރާލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ކުރީއަހަރަށްވުރެ މިއަހަރުގެ މިހައިތަނަށް މިސްކިތްކޮޅަށް ދިއަ މީހުންގެ އަދަދު ގިނައެވެ.
މަދީނާއަށްދާ މުސްލިމުން މަސްޖިދުއްނަބަވީގައި ދުވަސްތައް ހޭދަކުރުމަށްފަހު މުހިންމު އެހެން ރަށްރަށަށް ވެސް ދަނީ ޒިޔާރަތްކުރަމުންނެވެ.
ހަމައެއާއިއެކު މަދީނާއަކީ މުސްލިމް ވެރިކަމުގެ ފެށުން ކަމަށްވުމުން މަދީނާގައި ހުރި ޤަދީމީ، އާސާރީ ތަންތަނަށްވެސް ގެންދަނީ ޒިޔާރަތްކުރަމުންނެވެ.
މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްހަމަޖެހުން ލިބޭނެ ގިނަ އިންތިޒާމުތަކެއްވެސް މިއަހަރު ވަނީ އިތުރަށް ފުރިހަމަކޮށްފައެވެ.