ބާއްޖަވެރި އުނިކަންނުވާ މަގަކީ ޞިރާޠަލްމުސްތަޤީމް
..........................މާތްކަމާއި އަމާންކަމުގެ މަގަކީ ޞިރާޠަލްމުސްތަޤީމް
ޢާފިލްކަމާ ފާސިދުކަމުން ވެވި އެއްކިބާއަދު ބިންމަތިން
..........................ޘާބިތުވެތިބެ ދާންވީ އެއީ މަގަކީ ޞިރާޠަލްމުސްތަޤީމް
ގަދަވެގެން އަލިނޫރަކުން ފަނޑުވުންނުވާނެ އެބިންމަތިން
..........................ޢަޒަލުގައި ހިނގުމަށް އެވާމަގަކީ ޞިރާޠަލްމުސްތަޤީމް
ޖަންނަތުގެ ހިޔަލަށްއެދި އަދާ ކުރަމުން ދުޢާ އަދު ބިންމަތިން
..........................ޖަންނަތަށް ވާޞިލްވެވޭ މަގަކީޞިރާޠަލްމުސްތަޤީމް
ދުލަކުން ބަޔާންކުރެވޭނެތޯ މާތްކަން އެމަގުގެ މިބިންމަތިން
..........................ދުލަކުން ބަޔާން ސިފަވެސްނުވާ މަގަކީ ޞިރާޠަލްމުސްތަޤީމް
އަލިމަގެއް ހޯދަންވި ހެޔޮގޮތުގާ އުޅެން އަދު ބިންމަތިން
..........................އަލިކަމާ ނޫރުގެވިދާ މަގަކީޞިރާޠަލްމުސްތަޤީމް
ތަޤުވާވެގެން ހެޔޮ ޢަމަލުތައް ގިނަކޮށް މިއަދު ހަމަ ބިންމަތިން
..........................ޝަކުވާނުކޮށް ހިނގުމަށް އެވާ މަގަކީ ޞިރާޠަލްމުސްތަޤީމް
ގެއްލުމާއި ޖަހާލަތުގެ ނުޖެހޭ އަވާގައި ބިންމަތިން
..........................ގެއްލުމެއް ނެތް ރަޙުމަތުގެ މަގަކީ ޞިރާޠަލްމުސްތަޤީމް
ރަޙުމަތަށް ރައްބީގެ އެދިގެންވާށެ ކަތުނޭ ބިންމަތިން
..........................ރަޙުމަތާއި ސަޢާދަތުގެ މަގަކީ ޞިރާޠަލްމުސްތަޤީމް
ޒިކުރުކޮށް ތަސްބީހަޔާ ހެޔޮހާ ދުޢާކޮށް ބިންމަތިން
..........................ފިކުރުކުރުމަށް ނުޖެހިވާ މަގަކީ ޞިރާޠަލްމުސްތަޤީމް
ވިޔަނުވާ ޢަދަދަށް ކުރޭ އަޅުކަން ޢަމަލު ހެޔޮ ބިންމަތިން
..........................ހިޔަލަކަށް ސުވަރުގެ ލިބޭ މަގަކީ ޞިރާޠަލްމުސްތަޤީމް
ހިންމަވާފާނދޭދުޢާ އަޅަމެން ކުރާގިނަ ބިންމަތިން
..........................ދިންނަވާ އަދި ނިޢުމަތުގެ މަގަކީ ޞިރާޠަލްމުސްތަޤީމް