އއ. ތޮއްޑޫ ބްރައިޓް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ތޮއްޑޫ ބްރައިޓް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދާއި ދިމާކޮށް އެ ކްލަބުން ބާއްވާ މުބާރާތެކެވެ. އަދި މިއީ އެރަށުގައު ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.
މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ 24 ވަނަ އަހަރުވެފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 10 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ތޮއްޑޫ ބްރައިޓް ކްލަބުން ބުނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ބްރައިޓް ކޭބަލް ނެޓުން ލިބެން ހުންނާނެ ކަމަށެވެ.
ފައިބެއަހަރުގެ މުބާރާތުގައި 8 ޓީމު ވާދަކޮށްފައިވާ އިރު، ޗެމްޕިއަންކަން ހޯދާފައިވަނީ ފްރެންޑްސް ޔުނައިޓެޑެވެ.
މި މުބާރާތުގެ މިއަހަރުގެ މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ ވީ ސްޕޯޓްސް އެންޑް އިވެންޓްސްއެވެ.