ކޯޗުންނާއި ރެފްރީން ރެޖިސްޓްރީވުމަށް އެފްއޭއެމް އިން އަންގައިފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ކޯޗުންނާއި ރެފްރީން ރެޖިސްޓްރީވުމަށް އެފްއޭއެމް އިން އަންގައިފި
ފުޓްބޯޅަ ކޯޗުންނާއި ފުޓްބޯޅަ ރެފްރީން ރެޖިސްޓްރީވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންގައިފިއެވެ.

ދިވެހި ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ މިއީ އެ އިދާރާގެ ޑިވެލޮޕްމެންޓަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން މަޢުލޫމާތު އެއްކުރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރެފްރީން އަންނަ ޖުލައި މަހުގެ 2ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުވާ ރެފްރީންނަށް އެފްއޭއެމުން ރާވާ ހިންގާ މުބާރާތްތަކުގައި އޮފިޝަލްކަން ނުކުރެވޭނެ ކަމަށެވެ.

އެ އެސޯސިއޭޝަނުގެ މުބާރާތްތަކުގައި ހަރަކާތްތެރިވާން ބޭނުންވާ ކޯޗުންގެ ތެރެއިން "ޕްރޯ"، "އޭ"، "ބީ" އަދި "ސީ" ސެޓްފިކެޓް ހާސިލްކޮށްފައިވާ ކޯޗުން ހިމެނޭ ކަމަށާއި މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުވާ ކޯޗުންނަށް އެފްއޭއެމް މުބާރާތްތަކުގައި ބައިވެރިވާ ކްލަބްތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމުން ބުނީ ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމު އެ އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށެވެ.

މިއަދު އޮންލައިން