މާތް ނަބިއްޔާ އަރިއަހަށް ވެދުމާ ސަލާމް ފޮނުވާލަނީ
............................... މާތް ޙަބީބު ގެ އަރިއަހަށް ގުލްހާރުތަށް ފޮނުވާލަނީ
މާތް ރިސާލަތު ދުނިޔެއަށް ދެއްކެވި ރަސޫލާ އަރިއަހަށް
............................... މާމަލުން ވަސްމީރުހާ ދަސްތާ ތަކޭ ފޮނުވާލަނީ
މާތް ވި ދީނުގެ ބިންގަލެއް ކައުނުގަ އަޅުއްވާ ދެއްވެވީ
............................... މާތް އެ ތަޤުވާވެރި އަމީނުގެ އަރިއަހަށް ކުއްތަން ވަނީ
މާތް ޢިބާދާތުގެ ނިދާ އާލަމްތަކަށް ގެންނެވި ޙަބީބް
............................... ސާފުސީދާ ޝުކުރުތައް ޙަމްދާއެކީ ކިޔަމުން ދަނީ
މާތް މުޙައްމަދު މުޞްޠަފާ ދެއްކެވި ހިދާޔަތުގައި ހިނގާ
............................... ދާއިމަށް ތަސްބީޙަޔާ ޒިކުރުގެ މިތާ އަމުނާލަނި
މާތް ކަލިމަފުޅު އުއްމަތަށް ގެންނެވި ޝަރަފު ވެރި ސާހިބާ
............................... ހާމަކޮށް މި ޝުޢޫރުގައި ހިމަނާ ބަޔާން ކުރަމުން ދަނީ
މާތް އެ މުޞްލިޙު ގެންނަވާ ދެއްކެވި ފޮތުން ބަލަމުން ހިނގާ
............................... ރާޙަތެއްލިބުމަށް އަދާ ޒިކުރާ މި އާކުރަމުން ދަނީ
މާތް ވަޙީފުޅު ޙަޟުރަތުން އިއްވެވި ނަބިއްޔާ އުއްމަތަށް
............................... ރާގުތައް މަދަޙައިން ކިޔާ އަޑުތައް އެކީ ގުގުމާލަނީ
މާތް މަކާރިމް ޔާ ޙަބީބު އަދި ޔާ ރަސޫލު ﷲ އަށް
............................... ފާތިޙާ ޞަލަވާތް ކިޔާ އަޑުތައް އެކީ އުފުލާލަނީ
މާތް އަމީނުގެ ނޫރުފުޅު އަކުވާނުގައި ދިއްލާލުމުން
............................... ވާ އަނދިރި ޖާހިލު ކަމުން އުއްމަތް އެކީ އަލިކޮށް ދެނީ
މާތް ކަމާ ހައިބަތުގެ ވެރި ކީރިތި ރަސޫލުލްޢާލަމީން
............................... ސާފު ހިތަކުން ހެޔޮ ދުޢާ އަބަދާ އަބަދު ކުރަމުން ދަނީ
މާތް އަމީނުލް މޫމިނީން އަދި ޔާ ޙަބީބުލް ޢާލަމީން
............................... ތާއަބަދު ނިމުމެއް ނުވާ ޒިކުރާ ތަކޭ ކުރަމުން ދަނީ