މިއަހަރުގެ ފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި 5.7 މިލިއަން މީހުން އުމުރާގެ އަޅުކަން އަދާކުރިކަމަށް ސައުދިއަރަބިޔާގެ ހައްޖާއި އުމުރާ އާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއީ މަހަކަށް ބަލައިފިނަަމަ 633،333 މީހުންނެވެ.
ސައުދިއަރަބިޔާއިން އުމުރާ ވިސާއަކަށް ޢާންމުކޮށް ދޫކުރަނީ 14 ދުވަހެވެ. އެހެންކަމުން މީގެތެރެއިން ކޮންމެ މީހަކުހެން ސައުދިއަރަބިޔާގައި ވާނީ 14 ދުވަސް ހޭދަކޮށްފައެވެ.
އުމުރާ ވިސާއަށް 14 ދުވަސް ދިންނަމަވެސް މައްކާ އާއި މަދީނާ ފިޔަވައި އިތުރު ތަންތަނަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އިތުރު ވިސާ ދޫކުރެއެވެ. ހައްޖު އަދި އުމުރާ ދަތުރުތަކާއި ގުޅުވައިގެން މުސްލިމުންގެ ތާރީޚީ އަދި ޘަޤާފީ ތަންތަނަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ސައުދިއަރަބިޠާއިން ގެންދަނީ މަސައްކަތްކުރަމުންނެވެ.