އިނގިރޭސި ވިލާތޔުގެ ވެރިރަށް ލަންޑަންގެ މެދުތެރޭގައި ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 7 މީހުން މަރުގެ 48 މީހުން ޒަޚަމްވެއްޖެއެވެ.
ހަމަލާ ދިން ކަމަށް ބެލެވޭ 3 މީހުން ވަނީ މަރާލެވިފައެވެ.
ރޭ ދަންވަރު ދިން މިހަމާލަތަކުގައި މިހައި ބޮޑެތި ގެއްލުންތައް ލިބިފައިވީ ނަމަވެސް، އަދި ހަމަލާދިން ޓެރަރިސްޓުންތައް މަރާލެވުނު ކަން މެޓްރޮޕޮލިޓަން ޕޮލިސްއަށް އަދިވެސް ޔަޤީން ކުރެވިފައެއް ނުވެއެވެ.
ހަމަލާތައް ދީފައިވަނީ ގިނަ އަަދަދެއްގެ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހުޅުވާފައި ހުންނަ ސަރަހައްދަކަށް ގިނަ ބައަކު އެއްވެފައިަނިކޮށެވެ.
އަމިއްލަ ޤައުމުގައި ޓެރަރިސްޓުން ދޭ ހަމަލާތަކުގެ މައުލޫމާތު ހޯދަން ނުކުޅެދިފައިވާ އިނގިރޭސިވިލާތުން ގެންދަނީ އެހެން ޤައުމުތަކުގައި ހިންގަން އުޅޭ ކަންކަމުގެ މައުލޫމާތު އެނގޭކަމަށް ބުނަމުންނެވެ.