މެކްޑޮނާލްޑް އާއި ކޭއެފްސީ ފަދަ ފާސްޓްފުޑް ރެސްޓޯރަންޓްތަކަށް މީހުން ވަންނަ އަދަދު މަދުވުމަކީ އާންމު ކަމެކެވެ، މި އަަހަރު އެކަން ވަނީ މާބޮޑަށް ބޮޑުވެފައެވެ.
ކުރިއާލައި ބޮޑެތި ޑިސްކައުންޓްތައް އިއުލާނުކުރުމުންވެސް ވަންނާނެ ބައަކު ނުވެއެވެ. އެހެންކަމުން މިހާރު މުވައްޒިފުން މަގުމައްޗަށް ނެރުވައިގެން މީހުން ފަހަތުން ދުއްވަނީއެވެ.
ބުނެވޭގޮތުން ސައުދިއަރަބިޔާގައި ފާސްޓްފުޑް ތަންތަނުން މީހުން ނުކަނީ އަރަބިންނަކީ އެމީހުންގެ ރަހަތަކަށް ލޯބިކުރާ ބައަކަށްވެފައި ރަމަޟާންމަހު މީހުން އެކަމަށް އިތުރަށް ސަމާލުކަންދޭތީއެވެ.
ސައުދިއަރަބިޔާގައި ތަންފިޒްކުރާ އިސްލާމް ދީނުގައި އަމަލުކުރާގޮތުން ދުވާލުގެ ވަގުތުތަކުގައި (ޢަޞްރުން ފޭބުމުގެ ކުރިން) ކާބޯތަކެތީގެ ޕާރުސަލެއްވެސް ނުވިއްކޭނެއެވެ. ރޯޯދަ ވީއްލަން ބޭނުންވާ ތަކެތި ރެސްޓޯރަންޓްތަކުން ގަނެވޭނީ ޢަޞްރު ފަހުންނެވެ.