ޒިކުރު ޞަލަވާތް

ކިޔުމަށް ހޭދަވާނީ 31ސ
ޒިކުރު ޞަލަވާތް
ރާގު: ހިމޭންކަމުގައި ވަޑައިގެން

ޒިކުރު ޞަލަވާތްތަކާއި ސަލާމް ނަބީއްޔާއަށް އަރިސް ކުރަނީ،
......................މިކުރެވޭހާ ދުޢާ ނިމިނެތް ޙަބީބަށަ މާތް އަރިސް ކުރަނީ،
. ޒިކުރު ޞަލަވާތް....
ޤަލަމް ނުކުޅެދިވެފައި ވިޔަކަސް ހިތުގަ އުތުރޭ ޝުޢޫރު ލިޔަން (2)
......................ފަލަކުގައިވާ ހަނދާ ތަރިތައް ޝަރަފުގައި ތިޔަ އެތުރި ތިބެނީ،
. ޒިކުރު....
ފަޒާގެ ތެރޭން އުދުހެމުންދާ ރިވެތިހާ ދޫނިތައް ބަލަމުން (2)
......................މަޒާރު ކޮޅަށް ގުދުވެ ބޮސްދީ ކިޔާ ތަސްބީޙަ އަޑު އިވެނީ،
. ޒިކުރު...
ގަހާ އަދި މާމެލާމެލި، ވެޔޮތަކާ ހެލިލާ ވަގުތު އިއްވާ (2)
......................އަހާ ފޫއްސެއް ނުވާ ތަސްބީޙަޔާ ތަކްބީރު އަޑު އިވެނީ،
. ޒިކުރު...
މިއަދު އޮންލައިން