އަނދަމުންދިއަ އެޕާޓްމަންޓަކުން މިއަދު ވިހޭ ކުއްޖަކު ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އަނދަމުންދިއަ އެޕާޓްމަންޓަކުން މިއަދު ވިހޭ ކުއްޖަކު ސަލާމަތްކޮށްފި
ދުބާއީގެ ޑިސްކަވަރީ ގާޑްންސްގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ އަނދަމުންދަނިކޮށް މިއަދު ވިހޭ ތުއްތު ކުއްޖަކު ސަލާމަތްކޮށްފިއެވެ.

އަލިފާން ނިއްވާ ސިފައިން ބުނީ އިމަރާތަށްވަދެ ފުރަތަމަ މަސައްކަތްކުރީ ތަނުގައި ތިބި މީހުން ބޭރުކޮށް ސަލާމަތްކުރުމަށް ކަމަށެވެ. އަދި އެތަނުގައި ދިރިއުޅޭ އެންމެންވެސް ސަލާމަތްކުރެވިފައިވާ ކަމަށެވެ.

ސިފައިން ބުނީ އަލިފާން ރޯވީ އެޕާޓްމަންޓުގެ ކޮޓަރިއެއްގައި ކަމަށާއި އަލިފާން ގަނޑު ފެތުރުނީ ކަމަށެވެ. ސިފައިން ހަރަކާތްތެރިވެ އިތުރަށް އަލިފާންގަނޑު ފެތުރުން ހުއްޓުވުނު ކަމަށްވެސް ސިފައިން ބުނެއެވެ.
މިއަދު އޮންލައިން